ފޮޓޯ ނަގަން މާލޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ އަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ކުރެވެނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.
ސައުދީ އެމްބަސީ ހިންގަނީ ކުރިން އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީގައި ކުރިން ފޮރިން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގަ އެވެ.
ކޯޓު އަމުރުގައި ވަނީ އެ ޒުވާނާއަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ހެކިންގެ ބަޔާނާއި، ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި، ސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ސައުދީ އަރަބިއަން އެމްބަސީއަށް ވަންނަ މަންޒަރު ފެންނަ ސީނީޓީވީ ކެމެރާ ފުޓޭޖް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
އެ ޒުވާނާ ކޯޓުގައި ބުނީ، އެ ތަނުގެ ފުރާޅަށް އެރިއިރު އެއީ ސައުދީ އެމަބްސީކަން ނޭނގޭ ކަމަށާއި އެ ފަދަ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ.
އެ ތަނަށް އެރީ ކުރިން އެ ތަނުގައި ހުރެ އެހެން މީހުން ފޮޓޯއާއި ވީޑިއޯ ނަގާފައިވާތަން ފެނުމުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ފުރާޅު މަތީގައި ހުރިއިރު މީހުން ބަލައި ހެދުމުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އިހުސާސްްވެގެން 10 ވަރަކަށް މިނެޓު ތެރޭގައި ފޭބި ކަމަށް އެ މީހާ ބުންޏެވެ.
"ނަމަވެސް، އެތަނަށް އެރުމަށްފަހު، 10 ވަރަކަށް މިނެޓް ތެރޭގައި، އެތަނުން ފައިބާފައިވާނެ ކަމަށާއި އެތަނަށް އެރުމުން މީހުން ބަލާތީ، ކުރެވުނީ ރަނގަޅު ކަމެއް ނޫން ކަމަށް އިހުސާސް ކުރެވިގެން ފޭބީ ކަމަށް،" އޭނާ ބުނިކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އޭނާއަކީ މީގެ ކުރިން ދުވަހަކު ވެސް މިފަދަ ތަނަކަށް ގެނެވި މިފަދަ ކަމެއް ކޮށްފައިވާ މީހެއް ނޫންކަން ފާހަގަކޮށް، އެކަމަށް އޭނާ މާފަށް ވެސް އެދިފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ބަންދު އަމުރުގައި ވާގޮތުން އޭނާއަކީ މީގެ ކުރިން ހައްޔަރު ބަންދު ލޮގް އޮތް މީހެއް ނޫނެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.
"ސިލްސިލާ"އަށްފަހު އަމީތާބާއި ރޭކާ އެކުގައި ނުފެނުނީ ކީއްވެ؟
ސިންގަޕޯ އެއާލައިންގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި