ނ. ވެލިދޫން ރ. ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު، ގުލްފާމުގެ، އަބްދުﷲ ހައްސާން،39 އާއި ރ. ދުވާފަރު، އުޖާލާއަލި، އަބްދުﷲ ޝާއިފް،25 އާއި ރ. ދުވާފަރު، މެހެލި، އިސްމާޢީލް މުޙައްމަދު،21 އެވެ.
މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދުން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު އެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެ އެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިންނެވެ.
އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނެއް ފުލުހުން ހާމައެއްނުކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އެމެރިކާ އިން މަސައްކަތް ކުރަނީ ހަނގުރާމަ ފެށުމަށް: ގާލީބާފް
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
