މާލޭގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ހެންވޭރުގެ ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ 23:23ހާއިރު ލިބުނު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މީގެކުރިން ވެސް ވަނީ ބިދޭސީންގެ މެދުގައި މާރާމާރީތައް ހިނގާފަ އެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.
ރަސްގެފާނު ކަނޑު ފެއްތުމަށްހަފު ޖަހައިގަތް ވެރިކަން
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
