އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
އެމެރިކާގެ އެޓަލާންޓާގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި އިންގްލެންޑް ސިއްސުވާލުމަށްފަހު، ކޮންގޯ ލީޑު ނެގީ ބްރައިޔަން ކިޕެންގާ ޖެހި ގޯލުންނެވެ.
މެޗުގެ ފަހު 15 މިނެޓާ ހަމައަށް، އިންގްލެންޑްއިން ލަނޑެއް ޖެހުމަށްކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވީ ކޮންގޯގެ ގޯލްކީޕަރު ލިއޮނެލް އެމްޕާސީއެވެ. އެމްޕާސީ ވަނީ އިންގްލެންޑްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި ހާފު ނިމެނިކޮށް ކޮންގޯ ލީޑު ފުޅާކުރުމަށް ޔޮއާން ވިސާއަށް ލިބުނު ފުރުސަތު ކާމިޔާބުނުވުމަކީ އިންގްލެންޑްގެ ނަސީބެވެ.
އެކަމަކު އިންގްލެންޑް އިން މެޗުގެ 75 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަކުރީ އެންތަނީ ގޯޑަން ހުރަސްކޮށްލި ބޯޅަ، ކޭން ބޮލުން ގޯލަށް އަމާޒުކޮށްލުމުންނެވެ.
އަދި މެޗުގެ 86 ވަނަ މިނިޓުގައި ކޭން ވަނީ އިންގްލެންޑަށް ލީޑު ހޯދައިދީފައެެވެ. މިއީ މި އަަހަރުގެ ވޯލްޑް ކަޕްގައި ކޭން ޖެހި ފަސް ވަނަ ލަނޑެވެ.
ގަދަ 16ގެ ބުރުގައި އިންގްލެންޑް ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.
ެއެމެރިކާ އާއި އީރާނުގެ ފަންނީ މަޝްވަރާތައް ދޯހާގައި ފަށައިފި
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށް
