ރާއްޖެއިން ކޮވިޑް ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ހަމަކުރި މީހުން އަދަދު 220،950 މީހުންނަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް 1،289 މީހުން ޖަހާފަ އެވެ.

މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 220،950 އަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެ އެވެ. ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗްޕީއޭއިން އަލުން ވަނީ ފަށާފަ އެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ، މާރިޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.