އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެކަނި ދައުވާ ކުރުމުން "ދައުލަތް އޮރިޔާންވާނެ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ރައްދު ދެއްވައިފި އެވެ.
މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަހުލޫފް ވިދާޅުވެފައި ވަނީ އޭނާއަށް އެ މައްސަލާގައި ދައުވާކޮށްފިނަމަ، ''ދައުލަތް އޮރިޔާންވާނެ" ކަމަށެވެ.
މަހުލޫފް ވިދާޅުވެފައި ވަނީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދުގެ ނަޒާހަތްތެރިކަން ގެއްލޭވަރުގެ ޗެޓްލޮގްތަކެއް އެބަހުރި ކަމަށެވެ.
މަހުލޫފްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާތައް ނުކުރެވެންވީ ސަބަބެއް ނެތް ކަަމަށެވެ.
ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.
"އެއަށްވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ ލަސްވާތީ އޭނާ އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް އަންނަނީ މަހުލޫފްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ،

ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!

ކޭބަޔަކު ކާލައިފި ކޭބަޔަކު ހޯދަން ކޭބަޔަކު ގާފޮރޮޅަނީ، ކޭބަޔަކު ކޭވަރެއްނޭގި ދަނީ ހިބަރު ވަދު އެޅިގޮތަށް !
ރ. ނަޝީދު ގެ ވާހަކައަކީ މަހުލޫފަށްދިން ރައްދެއް ކަމަށްވީ ގޮތެއް ސާފެއްނުވޭ. އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގެ ދެ ރައީސުންވެސް ޖަވާބުދާރީ ކުރެވޭނެ.