ކޮވިޑަށް އިތުރު 95 މީހުން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ނެގި 4،403 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 95 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 32 މީހުންނާއި، އެކި ރަށްރަށުން 61 މީހުންނާއި ރިސޯޓުތަކުން ދެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންއާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84،579 އަށް އަރާފަ އެވެ.

މިހާތަނަށް 82،769 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ފަރުވާދޭއިރު 1،566 މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިބަލީގައި މިހާތަނަށް ރާއްޖެއިން 231 މީހުން ވަނީ މަރުވެފަ އެވެ.