ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ރޭ ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މަރުވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުން ގެންދަނިކޮށް ރޭ މެންދަމު 2:01 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރޭގެ މިމަރާއި އެކު މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 248 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުުވުމަށް ފަހު އަނެއްކާވެސް ހަލުވި ދުވެއްޔެއްގައި ފެތުރެމުން ގެންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި އަތޮޅުތެރޭން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ގިނަ ރަށްތަކަކަށް އަރައި ފޭބުން މަނާކޮށްފަ އެވެ.