ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހއ. ގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށްޓަށެވެ. އަދި އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން ހޯރަފުއްޓަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއާޕޯޓުގެ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގަންނަވާނެ އެވެ.
އޭގެ އިތުރުން ވަޑައިގަންނަވާ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށްތަކުގައި ކުރިއަށްގެންދާ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް މި ދަތުރުފުޅުގައި އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރުހުން ބައެއް ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
"އެއާޕޯޓް ނާޅަން ނިންމި ނިންމުން ސަރުކާރުގެ ސިޔާސަތާ ހިލާފު"
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
