މާލެ މަގުމަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި މައްޗަން ގޯޅި ސަހަރާ ކައިރިން ބަލާ ފާސްކުރި ކާރަކުން މަސްތުވާތަކެތި އަޅާ ބަންދުކޮށްފައިވާ ހުރި ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ނެގީ AB1A T8977 ނަންބަރު ޓެކްސީން ކަމަށްވެ އެވެ.

މި މައްސަލައިގައި އެއްވެސް މިހަކު ހައްޔަރު ކުރިކަން އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގުމަށްޓަކައި ވަނީ ބޮޑު ސަރަހައްދެއް ބަންދު ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގާ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރު ކުރިޔަސް، ކޯޓު މަރުހަލާއިން އެއެންމެންހެން ދަނީ ދޫވެ މިނިވަން ވަމުންނެވެ. ބައެއް ފަހަރު ހެކި ހޯދާ ގޮތުން ނޫނީ އިޖުރާއަތުތައް ފުރިހަމަ ނުވެގެން ނޫނީ ވާނުވާގައި ބައިތިއްބާ މުއްދަތު ދިގުވެ ނިޒާމުން ދޫކޮށްލަން ޖެހިގެންނެވެ.