މި މަހުގެ 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ) އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު (31އ) އާއި ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ) އާއި ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ) އަދި ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ) ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫނާއި ދީނީ އިލްމުވެރިޔާ ޝައިހް ނިޝާންވެސް ހިމެނެ އެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުންދާކަމަށް ފުލުހުން ބުނެ އެެވ. ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއްވެސް ވަނީ ގާއިމް ކޮށްފަ އެވެ.
މުޅި ދުނިޔޭގައި ހިންދޫ ދީން ޕުރަމޯޓްކޮށް ހިންދޫ ދީން ފަތުރަން އިންޑިޔާއިން އދ ހުށަހަޅައިގެން ޔޯގާ ފާސްކުރިޔަސް ދިވެހިން ނުޖެހޭ އެޔަކަށް ތަބާވެ ޝިރުކުގެ އެ ޢަމަލުގައި ބައިވެރިވާން، ޔޯގާ ވައްތަރީ ކަސްރަތަކަށް ވުރެން ބޮޑަށް ހިންދީ ދީނުގެ އަޅުކަމަކާއި، މީގައި އެމީހުންގެ ކަލާގެ ސިފަވާ ގޮތަށްވެސް އިންނަންޖެހޭ ” ކަސްރަތަކަށްވާނީ އެކްސަސައިޒު ލިބޭ ކަސްރަތު، ޔޯގާގައި އިންނަ ތަނުގައި ހުއްޓި ހުރެ ކުރާ ހަރަކާތެއްކުރަނީ އެޔަކުން ހަށިގަޑަކަށް މާކަބޮޑު ކަސްރަތެއް ނުލިބޭނެ !
ތަމެން ހެޔޮވެރިކަން ކުރަން އައި މީހުން ހެޔޮވެރިކަން އޮޅާލާ ރައީސް އޮފީސް ފާރުބުޑަށް ޖަހާލާ ހިންދުތުވާ މީހުން ކުރާ އަޅުކަމެއް ކަމަށްވާ ޔޯގާ އަށް ހުރަސް އެޅި މީހުން ކަމަށް ބުނެ ހައްޔަރުކުރާ މީހުންގެ ކުށަކީ އެއީ ޖާހިލު އަދި ބާތިލް ކަންކަން އެއީ ބާތިލް ކަންކަމަށް ބުނުން އެއީ ކުށަކަށް ހަދަން އުޅެ އެފަކީރުންގެ ދިރިއުޅުން ދުއްވާލުންތޭ ތަމެން ތިޔާވަނީ ހެޔޮވެރިކަން އޮޅާލާފައޭ ޔޫއާރ ސޯފާރ އަވޭ ފްރޮމް ހެޔޮވެރިކަން ސޯފާރ އައި ޖަސްޓް ކާންޓް ސީ އޯލްރައިޓް