މާލޭގައި މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނިގޮގައި މާރާމާތީ ހިންގާފައި ވަނީ އަސްރަފީ މަގުގަ އެވެ. އަދި މި މާރާމާރީގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 11:36 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ބިދޭސީ މީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާކަމަށެވެ.

މި މައްސަލައިގައި އަނިޔާވި ބިދޭސީ މީހާ ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް ސާފުވެފައެއް ނުވެ އެވެ. އަދި މާރާމާރީ ހިންގީ ކޮން ކަމަކާއި ގުޅިގެންކަމެއްވެސް ސާފުވެފައެއް ނުވެ އެވެ.

ނަމަވެސް މި މައްސަލައިގެ ވާނުވާ ބަލައި ތަހުގީގު ކުރާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާރާމާރީ ހިނގީ އަސްރަފީ މަގުގައި ހުންނަ ގެސްޓު ހައުސްއެއް ކައިރީގަ އެވެ. އަދި މާރާމާރީގައި ބިދޭސީ މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. ނަމަވެސް މާރާމާރީގައި ބިދޭސީ މީހާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.