ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ގަތަރުގެ ދޯހާއަށް ވަޑައިގަންނަވާއިރު، ގަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަތަރަށްފަހު ރައީސް ސޯލިހު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނު ވިލާތަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުކުރު ދުވަހު
އުފާވެރި ދިރިއުޅުމަކަށް އަމިއްލައަށް ދަސްކުރަން ޖެހޭ ހުނަރުތަކެއް
ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު