ޑިޖިޓަލް މުސްތަގުބަލެއް ގާއިމް ކުރުމަށް ޖިންސީ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ޑިޖިޓަލް މުސްތަގުބަލެއް ގާއިމް ކުރުމަށް އެ ދާއިރާއިން އަންހެނުން ބާރުވެރިކުރަންޖެހޭ ކަމަށެވެ. ޑިޖިޓަލް މުސްތަގުބަލެއް ގާއިމް ކުރުމަށްޓަކައި އެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވަން ޖެހޭ ކަމަށާއި ޖިންސީ ތަފާތުކުރުން ނައްތާލައިގެން ނޫނީ އެ ދާއިރާއިން އަންހެނުން ބާރުވެރި ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުޖުތަމައު ކުރިއެރުވުމަށް އަންހެނުން އަދާކުރަމުން އަންނަނީ މުހިންމު ދައުރެއް ކަމަށެވެ. އަދި މުުޖުތަމައު ކުރިއެރުވުމަށް އަންހެނުން އަދާކުރަނީ ބަދަލުނުކުރެވޭނެ ދައުރެއް ކަމަށެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މި އަހަރު ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޑިޖިޓަލް އޯލް: އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯ ޖެންޑާ އިކުއެލިޓީ" އެވެ.
ފްލައިޓްތައް ކެންސަލްވެ، ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވިފައި
އާދަމް ޝަރީފު ސަރުކާރު މަގާމެއްގެ އިންތިޒާރުގައި!
ޅ. އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި
