އާއްމުންގެ ނަފްރަތު ހޮލީވުޑްގެ ސެލެބްރިޓީ ހެއިލީ ބީބާއަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި އޭނާއަށް ކުރަމުން އަންނަ ފުރައްސާރަ ވަގުތުން ހުއްޓާލުމަށް ސެލީނާ ގޯމޭޒް ގޮވާލައިފި އެވެ.

ސެލީނާގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ކޮށްފައވާ ޓްވީޓެއްގައި އޭނާ ބުނެފައިވަނީ މަރުގެ އިންޒާރުތައް ވެސް ލިބެމުން އަންނަ ކަމަށް ހެއިލީ އޭނާއަށް މައުލޫމާތު ދީފައިވާ ކަަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ އަހަރެން ތާއީދުކުރާ ކަމެއް ނޫން. ހެއިލީއަށް ކުރާ ފުރައްސާރަތައް ހުއްޓާލަން ޖެހޭ" ސެލީނާ ބުނެފައިވެ އެވެ.

މި ބީދައިން ސެލީނާ ވާހަކަ ދައްކާފައި މިވަނީ ހެއިލީއާއި އޭނާގެ އެކުވެރިޔާ ކައިލީ ޖެނާ ސެލީނާއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައްކާފައިވާ ކަމަށް އަޑު އަރާފައިވަނިކޮށެވެ.

ހެއިލީއަކީ ސެލީނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާގެ އަންހެނުންނެވެ. އެދެމީހުންނަށް އެކުގައި ދަރިއަކު ވެސް ލިބިފައިވާއިރު އެ އާއިލާ އެކުގައި ވަރަށް ގިނައން ފެނެ އެވެ.

ކަން މިހެން އޮތްއިރު ސެލީނާގެ ހިތުގައި ހެއިލީއަށް ހަސަދަ އޮންނާނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް ސެލީނާގެ މި އަމަލާއެކު ގނަ ބައެއްގެ ތައުރީފް އޭނާއަށް ދަނީ ލިބެމުންނެވެ.

ސެލީނާއަށް ބަލާއިރު އޭނާ މިހާރު ލަވަކިޔުންތެރިޔާ ޒައިން މަލިކްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.