ބޮލީވުޑްގެ މެގަ ސްޓާ ޝާހްރުކް ޚާނާއެކު އަދިވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް އޭނާއާއެކު މީގެ ކުރިން ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ރާނީ މުކަރްޖީ ބުނެފި އެވެ.

ރާނީ ބުނީ ޝާހުގެ އުމުރުން 95 އަހަރުވެ އޭނާގެ އުމުރުން 80 އަހަރުވީ ކަމުގައި ވިޔަސް ޝާހުއާ އެއްކޮށް މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެކަމަށް ފުރަގަސް ނުދޭނެ ކަމަށެވެ.

އެގޮތުން އޭނާއާއި ޝާހުއަށް އެކަށީގެންވާ ފަދަ ވާހަކައެއް ލިޔުމަށް ޑައިރެކްޓުންގެ ކިބައިން އެދޭ ކަމަށާއި ރަނގަޅު ލޯބީގެ ވާހަކައަކަށް އިންތިޒާރު ކުރާ ކަމަށްވެސް ރާނީ ބުނެފައިވެ އެވެ.

ރާނީއާއި ޝާހުރުކް ޚާން އަކީ މީގެ ކުރިން ވެސް ގިނަ ފިލްމުތަކެއްގައި އެއްކޮށް މަސައްކަތް ކޮށްފައިވާ ދެ ތެރިންނެވެ. އެގޮތުން "ކުޗް ކުޗް ހޯތާ ހޭ"، "ޗަލްތޭ ޗަލްތޭ" އަދި "ކަބި އަލްވިދަ ނާ ކެހެނާ"ގައި އެ ދެތެރިންގެ ކެމިސްޓްރީ ފާހަަގަ ކޮށްލެވެ އެވެ.

ރާނީގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު މިފަހުން ނުކުތް މިސިސް ޗެރަރްޖީ ވާސަސް ނޯވޭގައި އޭނާގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.