ޓީވީ ޝޯވް ބިގްބޮސް ސީޒަން 13ގެ ރަނަރަޕް އާސިމް ރިއާޒު އޭނާގެ ބޭބެ އުމަރު ރިއާޒުއާއެކު އުމްރާވާން މައްކާއަށް ދަތުރު ފަށައިފި އެވެ.

މި ދެތަރިން އިހުރާމްގައި އެއާޕޯޓުގެ ބޭރުން ފެނިފައިވާއިރު ގިނަ ބަޔަކު އަންނަނީ މި މާތް މައްސަރު އުމްރާ ފަދަ އަޅުކަމަކަށް ދާތީ ތައުރީފް ކޮށްފަ އެވެ.

އެހެން ނަމަވެސް ބައެއް އެހެން ދީނުގެ މީހުން އަންނަނީ އެއާޕޯޓުން އިހުރާމް އެޅުމުން ފާޑުކިޔާފަ އެވެ. އެގޮތުން އެހިސާބުން ވެސް ތުވާލި އަނދެފައިވާ ކަމަށް މީހުން ދިޔައީ ބުނަމުންނެވެ.

އާސިމް މީގެ ކުރިން ވެސް އޭނާގެ ރަހުމަތްތަރިޔާ އަލީ ގޯނީއާއެކު އުމްރާއަށް ދިޔަ ނަމަވެސް އުމަރު މިހާތަނަށް އެންމެ ފަހަރަކު ވެސް އުމަރާއަށް ގޮސްފައެއް ނުވެ އެވެ.

އިންޑިއާގެ ޓީވީ ދާއިރާގައި ގިނަ މުސްލިމް ތަރިންތަކެއް އުޅެ އެވެ. އޭގެ ތެރެއިން ހީނާ ޚާން ވެސް ވަނީ މިއަހަރު އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފަ އެވެ.