ސަފާރީއެއްގެ ބުރަފަތީގައި ޖެހި ރ. އިނގުރައިދޫގައި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިނގުރައިދޫ ނެރަށް ވަންނަން އުޅުނު ސަފާރީއެއްގެ ބުރަފަތީގަ ވާއެޅިގެން ވާ ނައްޓަން ފޭބި މީހަކު ބުރަފަތީގަ ޖެހިގެން ނިޔާވެފައިވާ ކަމަށެވެ.
މިއަދު ހަވީރު 5:45 ހާއިރު ހިނގި އެ ހާދިސާގައި ނިޔާވީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި ނިޔާވީ ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމެވެ.
ފުލުހުން އަންނަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
މިއީ ހަށިގަނޑުން ފޮނުވާ ނުރައްކަލުގެ ރަނގަބީލުތަކެއް!
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ
ދުވާލަކު ބޮވޭ ކޮފީގެ އަދަދުން ސިއްހަތަށް އަސަރެއް ކުރޭތަ؟
