ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުން މިވަގުތު ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް ހަތަރު ދުވަސް ޖަހާފަ އެވެ.
މި ހަތަރު މީހުންނަށްޝައްކު ކުރެވިގެން ހުއްޓުވީ އެމީހުންގެ އަމަލުތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަދި މި މީހުން އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑު ސްކޭން ކުރިއިރު މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ބުލެޓްތަކެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ފުލުހުންނާއި ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެ އެވެ.

ޑެޕިޔުޓީ މޭޔަރު އަރީޝްގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި
ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!