ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އެކި ބަލިތަކުގެ ފަރުވާއަކަށް އަހި ވަނީ ވެފަ އެވެ. ހާއްސަކޮށް އުމުުރުން ދުވަސްވީ މީހުންގެ މެދުގައި މިއީ މަގުބޫލް މޭވާ އެކެވެ. ހަގީގަތުގައިވެސް މިއީ ނުކައި ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ. އެއިން ގިނަ ބަލިތަކަކަށް ފަރުވާ ލިބޭތީ އެވެ.
ހުޅުހުޅުގައި ރިއްސުން ރަނގަޅު ކޮށްދޭ
އެންމެ ގިނަ ބަޔަކު އަހި ކައި އުޅޭ އެއްސަބަބަކީ ހުޅުހުޅުގައި ނުވަތަ ބުރަކަށިގައި ރިއްސުމެވެ. ދިރާސާ ތަކުން ވެސް ދައްކާ ގޮތުގައި އަހިވަކަކީ ގައިގައި ރިއްސުމަށާއި ހުޅުގައި ރިއްސާނަމަ ބޭނުން ކުރަން ރަނގަޅު އަދި ވަރަށް އަވަހަށް ބަލި ރަނގަޅުކޮށްދޭ މޭވާ އެކެވެ.
ޑިޕްރެޝަނުން ދުރުކޮށްދޭ
އަހި ގަވާއިދުން ބޭނުން ކުރަން ފަށައިފިނަމަ ގުދުރަތީގޮތުން ވެސް ޑިޕްރެޝަނާ ދުރުކޮށްދެ އެވެ. ސަބަބަކީ އައްސަކީ ސިކުނޑިއަށް ސެރޮޓޯނިން ފޯރުކޮށްދޭ މިންވަރު އިތުުރުކޮށްދޭ މޭވާ އަކަށް ވާތީ އެވެ. އެހެންކަމުން ސިކުނޑިއަށް ކުރާ ބާރު ދަށްވެ ބޭކާރު ހިޔާލުތަކާއި ދުރުވެވެ އެވެ.
ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ
އަހިވަކަކީ ލޭ މައްޗަށްދާ މީހުން ކެއުމަށް ހާއްސަ މޭވާ އެކެވެ. އޭގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ލޭ މައްޗަށްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެ އެވެ. އަދި ގަވާއިދުން މި މޭވާ ކާނަމަ ލޭމައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.