ނ. މާފަރުގައި ބިދޭސީއަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
މިއަދު ހެނދުނު ގެނބިގެން މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ މާފަރު ލޭންޑިން ކްރާފްޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ވަލެއް ނެއްޓުމަށްޓަކައި މޫދަށް ފައިބައި އުޅެނިކޮށް ގެނބިގެން ފުލުހުން ބުންޏެވެ.
ޑޮކްޓަރުންނާ ހާވާލާދީ ފުލުހުން ބުނީ އެމީހާ އަށް ފަރުވާދިނުމަށް މާފާރުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް އީރާނުން ބަންދުކޮށްފި
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ