ފިލްމީތަރި އަލީ ސީޒަންއަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން މަގާމެއް ދީފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސީޒަން އައްޔަން ކުރެއްވީ ލަންކާ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަކަށެވެ. އެއީ ސަފީރުގެ ނައިބު ފިޔަވައި އެމްބަސީގެ އެންމެ އިސް މަގާމެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ސީޒަން ވަނީ ފިލްމީ ދާއިރާއިން ދުރަށް ގޮސް ކުރިއަށްއޮތްތަނުގައި ސިޔާސީ ދާއިރާގައި މަސައްކަތް ކުރަން ނިންމިކަން އިއުލާންކޮށްފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށްފަހު ފަހުން އޭނާ ވަނީ އެކަން ހުއްޓާލައިފައެވެ. އެ ދާއިރާއަށް ވާދަނުކުރަން ނިންމި ސަބަބު ފަހުން ހާމަކުރާނެ ކަމަށް އޭނާ ކުރިން ބުންޏެވެ.
ދީޕިކާގެ ސްކިން ކެއާ ބްރޭންޑަށް މާލީ ބޮޑު ގެއްލުމެއް!
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
