އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ޖަނަވަރީ 29 އަދި 30 ވަނަ ދުވަހު، ހެނދުނު 08:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަން އަދި ވެބްސައިޓުން ލިބެންހުންނާނެ އެވެ.
އީސީގައި ދެވަނަ ދައުރު އަދާކުރަމުން އަންނަ ހަބީބުގެ ދައުރު ހަމަވާނީ އަންނަ މާޗު މަހު އެވެ. އީސީގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތަކީ ފަސް އަހަރެވެ.