މާލެއިން މުދާ ބަރުކޮށްގެން 12 މީހުންނާއެކު ގދ. ފަރެސް މާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި" ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސް މާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި" ބޯޓު ފެލިދޫ ކައިރި ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަ ފަސިންޖަރަކު ހިމެނެ އެވެ. އެއީ ދިވެއްސަކާއި ފަސް ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕި އާއި ވެރިފަރާތާއި ހަތަރު ބިދޭސީ ފަޅުވެރިންނެވެ.
"ފަހިރޯޅި" މި ބޯޓު ދަތުރުކުރަމުން ދިޔައީ ގދ. ފަރެސް މާތޮޑާއަށެވެ.
ހާދިސާގައި ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓުގެ މައްޔާ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބޯޓުގެ ބޮޑު ބައެއް މިހާރު ވެސް އޮތީ އަޑީގަ އެވެ. މި ހާދިސާގައި ބޯޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގިގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ބްރެޑް އަނެއްކާ ވެސް އެންޖެލީނާއަށް ދައުވާ ކޮށްފި