މުޅި ރާއްޖޭގައި ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ އެ އޮޕަރޭޝަނުގެ ދަށުން ބުދަ ދުވަހުގެ ރޭ ހައްޔަރުކުރީ، އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯކްގެ އިސް މީހުން ކަމަށެވެ.
އެއީ 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް ކަމަށް ފުލުހުން ބުންޏެވެ. އެ ނެޓުވޯކުގެ އިސް މީހުން ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
އެ ނެޓްވޯކްގެ އިސްވެރިންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީލޯންޑާ ކުރުމެވެ.
ފުލުހުން ބުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ނެޓުވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.
ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ނުދެ އެވެ.
މޮބައިލް ފޯނުން ސިކުނޑީގެ ކެންސަރަށް މަގުފަހިވޭ؟
25،000 މަސްދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފި
