ރޭ ހިންގި އޮޕަރޭޝަނުގައި އަތުލި ވޭޕާއި، ވޭޕް ކާޓްރިޖުގެ އަދަދު 500އަށް ވުރެ ގިނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވެ އެވެ.
ބަލައިފާސްކުރި އެއް ގެއަކުން އެކި ވައްތަރުގެ 190 ކާޓްރިޖާއި، ނުވަ ނެނޯ ސްޓިކާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕޮޑެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ ގެއިން އެކި ވައްތަރުގެ 331 ކާޓްރިޖާއި، ހަ ރީފިލް ކާޓްރިޖާއި ހަތް ޕޮޑު ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.
ޑްރަގްގެ ބޮޑުންގެ ތެރޭގައި އެސްޕީޑީއެއް!
ހާފިޒް ކަމުގެ ސަނަދު ނަގާ ފުރަތަމަ ފަރާތަކަށް 130،000 ރުފިޔާ ދެނީ
ހެދުމުގެ ކުލައިން ވެސް މޫޑަށް އަސަރު ކުރާކަން އެނގޭތަ؟
