އުމުރުގެ ތަފާތު ބޮޑު ދިވެހި ދެ ލޯބިވެރިންގެ މެދުގައި މިއަދު ހިނގި ޒުވާބެއް ހޫނުވެ, ލޯބިވެރިޔާއަށް ތޫނުއެއްޗަކުން ހަމަލާދިން އަންހެން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގީ އުމުރުން 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 10:05 ހާއިރު އެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރަސްމާލޭގެ ޓްރާންސްޕޯޓް ނިޒާމްގެ މާސްޓާ ޕްލޭނެއް ހަދަނީ
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!
