ހުއްދަ ނުނަގައި، ހުޅުމާލެ ފަޅުތެރޭގައު އޮތް ސަފާރީއެއްގައި ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމުލަ ހަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ ރަސެލް މިއާ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ 34 އަހަރުގެ އެމްޑީ ޝޭކަރު ހޮސައިން، ސްރީލަންކާއަށް ނިސްބަތްވާ 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ލަންކާގެ ރައްޔިތެއް ކަމަށްވާ ތަރަކަ ސަމަން ކުމާރަ ދޭވަ (35އ) އަދި ހ. ބިންމަތީއާގެ، 52 އަހަރުގެ މުޙައްމަދު މަނިކު އެވެ.
މައްސަލައިގައި ހިމެނޭ ހުރިހާ ބިދޭސީންގެ ފޮޓޯ ފުލުހުން އާންމުކުރި އިރު، ދިވެހި މީހާގެ ފޮޓޯ އާންމުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއް ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ތިން ދުވަހަށް ބަންދުކުރުމަށާއި ޝޭކަރު ހޮސައިނާއި ރަސެލް މިއާ ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ. ބާކީ ބިދޭސީންތައް ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އާއަހަރާއި ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އާންމުގޮތެއްގައި އާ އަހަރު ފާހަގަކުރުމުގެ ނަމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރަލާއި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ފެންމަތިވެ އެވެ.
ލޯތައް އަމާޒުވި ފިލްމު "ހައްގު" ނެޓްފްލިކްސްއަށް!
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެނީ
އެންމެ ބޮޑު ހަފްލާއާއެކު ރިއޯ ދުނިޔޭގެ ރެކޯޑު ފޮތަށް!