މަރުވެފައި އޮތް ތުއްތު ކުއްޖަކު ށ. ކަނޑިތީމުގެ މޫދުން ފެނިއްޖެ އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ. އެއީ އުމުރުން އެއް އަހަރުގެ ކުއްޖެކެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެ ކުއްޖާ ގެއްލުނީ މިއަދު ހަވީރު 5:30 ހާއިރު މަންމައާ އެކު ފިހާރައަކަށް ދިޔުމަށްފަހު އެނބުރި ގެއަށް އައިފަހުންނެވެ.
"ފިހާރައިން ގެއަށް އައިސް ކޮތަޅުތައް ގެއައްލާފައި ގޭތެރޭގައި މަންމަ އުޅެނިކޮށް އެގޭގައި ދެން ތިބި ކުދިން ބުނީ ކޮއްކޮއެއް ނެތޭ ގެއަކު. ދެން އެ އާއިލާގެ މީހުން ކުރި މަސައްކަތުން އެ ކުއްޖާ ނުފެނިގެން އަވަށު މީހުން ނުކުމެ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ،" މައުލޫމާތު އެނގޭ މީހާ ކިޔައިދިނެވެ.
އެ ތުއްތު ކުއްޖާ މިހާރު ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.

އޮމާންގެ ތެޔޮ ޓޭންކުތަކަށް ޑްރޯން ހަމަލާދީފި
އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ
