ބިދޭސީ މީހަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ކަމަށް ތުހުމަތުކުރާ މައްސަލައަކާއި ގުޅިގެން ދިވެހި ފުލުހަކު ސަސްޕެންޑުކޮށްފި އެވެ.

ރާއްޖޭގެ އިސް މަގާމުތަކާއި ޒިންމާދާރު މަގާމުތައް ފުރަމުން ގެންދާ މީހުން، އެމީހާއާ އެކު މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އެ ކޮޓަރިތެރޭގައި ހަމަ އެ ބިދޭސީ މީހާއާ އެކުގައި 40 އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ހަމައެހެންމެ އިއްޔެ އާންމުވާން ފެށީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރިއާ އެކު ދިވެހި ފުލުހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކައިދޭ ވީޑިއޯއެކެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަ ފުލުސް މީހާ މިހާރު ވަނީ މަސައްކަތުން އެކަހެރި ކޮށް، ސަސްޕެންޑުކޮށްފައިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެނގިފައިވާގޮތުގައި އިއްޔެ އާންމުވި ވީޑިއޯގައި ފެނިފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) މަސައްކަތް ކުރާ މީހެކެވެ.

ލީކުވި ވީޑިއޯތަކުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިޔަނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެ އެވެ.