ގ. ޒަމާނީ މަންޒިލްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 2:45 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުއަށް ލިބުމާއެކު ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 3:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސާކިޓް ބޯޑެއްގައި ރޯވެގެން ހިނގި ކަމަށް ބެލެވޭ މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.

އޭގެ އިތުރުން މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް އެމްްއެންޑީއެފް އިން ނުބުނެ އެވެ.