ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދާ މުހައްމަދު އަޒްހާން، 27، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން މެދުނުކެނޑި ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އަޒްހާން ހޯދުމަށްޓަކައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންގެންދާކަމަށް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 6:00 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

އޭނާ ގެއިން ނިކުމެގެން ދިއުމަށްފަހު އެއްވެސް ހަބަރެއް ވެފައި ނުވާކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ފިޔާތޮށިކުލައިގެ އަތްކުރު ގަމީހެކެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.