ބޭނުންވާ ތަކެތި
- 1 ކިލޯ އަލުވި (ފޮތިކޮށް ކޮށާފައި)
- 40 ގ ބަޓަރު
- 1/3 ޖޯޑު ފުށް
- 2 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ލީޓަރު ކިރު
- ½ ސަމްސާ އަސޭމިރުސް
- ½ ސަމްސާ ލޮނު
- 50 ގ ޗީޒް
ތައްޔާރު ކުރާނެ ގޮތް
- ފުރަތަމަ ތަވައެއްގައި ބަޓަރު ކޮޅު ވިރެންދެން ހޫނު ކޮށްލުމަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކިރު ކޮޅުއަޅާ އޮލަވަންދެން ކައްކާށެވެ. ބޭނުންވާނަމަ ސޯސްކޮޅު ތެރެއަށް ކުޑަ ޗީޒްކޮޅެއް އެޅިދާނެ އެވެ.
- ސޯސްކޮޅު އެއްކޮށް އޮލަ ވުމުން އޭގެތެރެއަށް އަސޭމިރުސް އަދި ލޮނުކޮޅު އަޅައި ހޫނު ކުރުމަށްފަހު އުނދުން ނިއްވާލާށެވެ.
- އެއަށްފަހު ޓްރޭއެއްގައި ސޯސްކޮޅުގެ އެއްބައި އެޅުމަށްފަހު އޭގެމަތިން އެއްބައިއަލުވި ފޮތިތައް އަތުރާށެވެ. އަދި އޭގެމަތިން ފިޔާތައް އަތުރާލުމަށްފަހު ބާކީހުރި ސޯސްކޮޅު އެއްކޮށް އަޅާ ރީތިކޮށް ފަތުރާލާށެވެ.
- ދެން އޭގެ މަތީގައި ބާކީހުރި އަލުވި ފޮތިތައް އެތުރުމަށްފަހު މަތި ފޮރުވެންދެން ޗީޒް އަޅާށެވެ.
- އެއަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 35 މިނެޓް ވަންދެން ފިހާށެވެ.