ތިލަފުށީގައި މިއަދު ހިނގި ހާދިސާއެއްގައި ލޮރީއެއްގެ ދަށުވެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 02:15 ހާއިރުގައެވެ.
"ތިލަފުށީގައި އެކްސްކަވޭޓަރެއް ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގާ ލޮރީއަކުން ޖެހި ވެއްޓި އެމީހާގެ މަތިން ލޮރީ ގޮސްފައިވާ މައްސަލަ މިއަދު ރިޕޯޓުކުރި،" ފުލުހުން ބުނެފައިވެއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ލޮރީ ދުއްވި މީހާ ހައްޔަރުކޮށް ލޮރީވެސް ޓޯކޮށްފައިވާކަމަށްވެސް ފުލުން ބުންޏެވެ. ލޮރީ ދުއްވަން އިނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަދުރާއީ ނަމަކަށް ކިޔާ މީހެކެވެ.
 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					